އޭޓީއެމްއިން ފެނުނު ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަނީ

އޭޓީއެމްއިން ފެނުނު ކާޑަކުން ވިޔަފާރިކުރި މީހަކު ހޯދަނީ

1 hour ago - 14:56
Advertisement
Advertisement

މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.


މި މައްސަލައަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއަށް މީހަކަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ އެ މަލާމާތް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.


ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ކުރި މަސައްކަތުން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެހެންކަމުން، ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށް، އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.


ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


މިފަދަ ކުށްތައް ކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދަނީ މާފަންނު ޕޮލިސް ސްޓޭޝަނުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement