ރައީސް މުއިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
ރަސްގެފާނު ޗާލްސް އަދި ރައީސް މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި

9 months ago - 16:51
Jul 17, 2025 - 16:52
Advertisement
Advertisement

ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް އާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށްދިޔައީ 'ޕްރައިވެޓް' ބައްދަލުވުމެއްގެ ގޮތުގައި ވިންޑްސަރ ކާސެލްގައި މިއަދު ހެނދުނުއެވެ.

އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަތީފަންތީގެ ބައްދަލުވުންތަކެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިންވެސް ވަނީ ބުނެފައެވެ.

ރަސްގެފާނު ޗާލްސް އާއެކު ރައީސް ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފަައިވާ ގޮތުން އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވާ ކަމުގައެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާރާމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement