މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރައީސް މުއިއްޒު އދ.ގެ ޢާއްމު މަޖިލިހުގައި ތަޤުރީރު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

23 days ago - 08:30
Advertisement

މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ. އދ.ގެ ޢާއްމު މަޖިލިހުގައި ކުރެއްވި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށެވެ. އަދި މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި އަދި އެންމެ ގިނައިން ވިހަ މާއްދާތައް ޖައްވަށް ބޭރުކުރަމުންދާ ޤައުމުތަކުން ދީފައިވާ ޔަޤީންކަމާ އެއްގޮތަށް މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.  

ކޮޕް29 އާ ބައްދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ތައްޔާރުވަމުންދާއިރު، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އަމާޒުތައް، ބޭނުންވާ ގޮތަށް ހަމަޖެހިގެންދާނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. މިކަންކަމުގެ ތެރެއިންވެސް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިންސާނިއްޔަތަށް އެންމެބޮޑު ނުރައްކަލެއް އޮތް މައްސަލަކަން ފާހަގަކުރައްވައި އެކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށާއި އަދި ޤައުމުތަކުގެ ތަރައްޤީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަޞީލަތްތައް ކުއްލި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޭދަކުރަންޖެހޭ ކަމަށެވެ. އެކަށީގެންވާ ވަޞީލަތްތަކާއެކު އެ މައްސަލަ ޙައްލުކުރުމުގެ ނިޔަތާއެކު އަދި ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތަކެއް މިހާރުން މިހާރަށް ހޯދުމަށް މަސައްކަތްކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވިއެވެ. 

އދ.ގެ އާންމު މަޖިލީހުގެ79 ވަނަ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަންވެސް ތަކުރާރު ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement