އިޒްރާއިލްއިން އީރާނަށް ދިން ހަމަލާތަކުގެ ފުރަތަމަ ރައްދުގައި 100 ޑްރޯން ހަމަލާ އިޒްރާއިލްއަށް
އިޒްރާއިލްގެ ހަމަލާތައް އީރާނުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަރާފައި. ފޮޓޯ: ސްކައި ނިއުސް

އިޒްރާއިލްއިން އީރާނަށް ދިން ހަމަލާތަކުގެ ފުރަތަމަ ރައްދުގައި 100 ޑްރޯން ހަމަލާ އިޒްރާއިލްއަށް

ރޫހާނީ ލީޑަރު ޚާމަނާއީ ވަނީ އިޒްރާއިލްގެ ކިބައިން ވޭންދެނިވި ބަދަލެއް ހިފާނެކަމަށް ބުނެފައި. އީރާންގައި ބަދަލުހިފުމުގެ ރަތް ދިދަ ވަނީ ނަގާފައި

21 hours ago - 14:27
Jun 13, 2025 - 14:37

ރޭ އިޒްރާއލްއިން އީރާންއަށް ދިން ވަރުގަދަ މިސައިލް ހަމަލާތައް އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަރާފައިވާއިރު, އީރާނުން ވަނީ ފުރަތަމަ ބުރުގެ ރައްދު ހަމަލާ އިޒްރާއިލްއަަށް ދީފައެވެ. 

ފުރަތަމަ ރައްދުގައި 100 ޑްރޯން ހަމަލާ އިޒްރާއިލްއަށް ފޮނުވާލާފައިވާއިރު, އަވައްޓެރި އުރުދުން އާއި ސައުދި އެރޭބިއާ އިންވަނީ ހަމަލާތައް މަތަކުރަން އެގައުމުތަކުގަ އަސްކަރީ ބާރު ބޭނުންކޮށްފައެވެ.

ހަމަލާތަކުގައި އީރާންގެ އަސްކަރީ ދެ ކޮމާންރަކާއި ދެ ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ އެސޯސިއޭޓަޑް ޕްރެސްގައި ބުނެފައި ވާގޮތުން އިޒްރާއިލްގެ ހަމަލާތަކުގައި އީރާންގެ ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ހޮސައިން ސަލާމީ އަވަހާރަވީކަމަށް ވަނީ ބެލެވިފައެެވެ.

ނަމަވެސް އީރާނުން އަދި އެއްވެސް މަރެއް ކަށަވަރުކޮށްދީފައި ނުވިނަމަވެސް ގިނަ އަދަދެއްގެ ސައިންޓިސްޓުންނާއި ކޮމާންޑާރުން ހަމަލާތަކުގައި ޝަހީދުވެފައިވާކަަމށް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

Advertisement
Advertisement

އިޒްރާއިލްގެ ހަމަލާތަކަށްފަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވަނީ "ސަހްޔޫނީންގެ ކިބައިން މިކަމުގެ ބަދަލު ވޭންދެނިވި ގޮތަކަށް ހިފާނެ" ކަމަށް ވިިދާޅުވެފައެވެ.

އީރާނުގައި މިއަދު ވަނީ 'ބަދަލު ހިފުމުގެ ރަތް ދިދަ' ވެސް ނަގާފައެވެ. އެކްސްފައި ކޮށްފައިވާ ޕޯސްޓެއްގައި ފެންނަ ގޮތުން އީރާނުގެ ގޯމްގައި ހުންނަ ޖަމްކާރާ މިސްކިތުގައި ރަތް ދިދަ ވަނީ ނަގާފައެވެ. 

މިއީ އާންމުކޮށް މުހައްރަމް މަހު އީރާންގައި ނަގާ ދިދައެކެވެ. ޝިއާ މުސްލިމުން ކީރިތީ ރަސޫލާ މުޙައްމަދު ޞައްލަالله  އަލައިހި ވަސައްލަމަގެ ކާފަ ދަރިކަލުން ޙުސައިން ބުން އަލީ (ހުސައިންގެފާނަށް) ނިސްބަތްކޮށް ނަގާ މި ދިދަ ޛުލްހިއްޖާ މަހު ފެނުމަކީ ނާދިރުކަމެކެވެ. 

މި ދިދައިގެ އަރަބި ބަހުން 'ޔާ ލާ ތަރަތް އަލް-ޙުސައިން' މިހެން ޖަހާފައި ވެއެވެ. މާނައަކީ ޙުސައިންގެފާނުގެ ޢަދުއްވުން' މިހެންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow