ހަމާލާތައް ހުއްޓާލުމަށް ނަތަންޔާހޫއަށް ޕްރެޝަރުކުރުމުގެ ގޮތުން އިޒްރާއިލްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ!
އިޒްރޭލުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން: ފޮޓޯ-އޭޕީ

ހަމާލާތައް ހުއްޓާލުމަށް ނަތަންޔާހޫއަށް ޕްރެޝަރުކުރުމުގެ ގޮތުން އިޒްރާއިލްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ!

14 days ago - 07:22
Sep 3, 2024 - 07:29

އަސީރުން މިނިވަންކުރުމުގެ ގޮތުން ހަމަލާތައް ހުއްޓާލުމަށް ނަތަންޔާހޫގެ ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން އިޒްރާއިލްގައި މަސައްކަތްތެރިންނާއި އާންމުން މުޒާހަރާކުރަން ފަށައިފިއެވެ. މައި ހައިވޭ އާއި ބޮޑެތި މަގުތައްވެސް ދަތުރުފަތުރަށް ބަންދުކޮށްގެ އާދިއްތަ ދުވަހު ފެށި މުޒާހަރާތަކާއެކު އިޒްރާއިލްގެ އާންމު ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.

އިޒްރާއިލްގެ ސަރުކާރުން އަސީރުން ސަލާމަތުން ގެންނަށް އެދެވޭ މަސައކަތްތަކެއް ނުކުރާކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސްއަޅުއްވާކަމަށްވެސް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ. 

އިޒްރާއިލްގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަންއިން އިސްނަގައިގެން ބާއްވާ މި މުޒާހަރާތަކުގެ އަމާޒަކީވެސް މަސައްކަތެރިން ބޭނުންކޮށްގެން ބޭންކުތަކާއި, ސިއްޙީ ނިޒާމް އަދި ޤައުމުގެ މައި އެއަރޕޯޓާއި ތަޢުލީމި އިދާރާތައްފަދަ ސިނާއަތްތައް ހުއްޓުމަކަށް ގެނައުމެވެ. އެއީ އިޤްތިޞާދީ ގޮތުން މުހިއްމު ތަންތަން ހުއްޓުމަކަށް އައުމާއިއެކު ސަރުކާރަށް އެކަމުގެ ސަބަބުން މުޒާހަރާގެ ބައިވެރިން ހުށަހަޅާ ކަންކަމަށް އިޖާބަދޭން މަޖުބޫރު ކުރުވުމުގެ ގޮތުންނެވެ. 

މިއާއެކު ވެރިރަށް ތެލް އަވީވްގެ ބެން ގުރިއޮން އިންޓަނޭޝަނަލް އެއަރޕޯޓުގެ ބައެއް ފްލައިޓްތަކުގެ އޮޕަރޭޝަންސްތައް އާދިއްތަދުވަހު މަޑުޖެހިގެން ދިޔައެވެ. 

Advertisement

މި ހަރަކާތް ފެށުމަށް މެދުވެރިވީ އޮކްޓޯބަރ 7 ވަނަ ދުވަހު ހަމާސްއިން ރަހީނުކުރި 250 މީހުންގެ ތެރެއިން 6 މީހެއްގެ ހަށިގަނޑު އާދިއްތަ ދުވަހު ރަފަޙް އިން ފެނުމާއި ގުޅިގެންނެވެ. އޭގެ ތެރެއިން 100 އެއްހާ އަސީރުން ނޮވެމްބަރު މަހު ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމާއިއެކު މިނިވަންކޮށްފައި ވާއިރު, 35 މީހަކު މަރުވެފައިވާކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. 

އަސީރުން މިނިވަންކޮށް އަނބުރާ ގެއަށް ގެނައުމަށްޓަކައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށް, މަގުތަކުގައި އާދިއްތަ ދުވަހުން ފެށިގެން ކުރާ މުޒާހަރާތަކުގައި ބައިވެރިން ދަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. ހަމާސްއާއި އިޒްރާއިލުންވެސް އެއްބަޔަކު އަނެއްބަޔަކަށް ބުނަމުންދަނީ ހަމާލާތައް ހުއްޓާލުމަށް ދެކޮޅު ހަދަނީ އަނެއްކޮޅުން ކަމަށް ބުނަމުންނެވެ.

"އަހަރެމެން އެބަ އެއްބަސްވާންޖެހޭ އެމީހުން އަނބުރާ ގެންނަން. އޭގެ ބަދަލުގަ އަހަރެމެންނަށް މިލިބެނީ ބޮޑީ ބޭގްސް" ހިސްޓަޑްރަޓް (ޔޫނިއަން) ގެ ފަރާތުން އެތައްސަތޭކަ މަސައްކަތްތެރިންނެއް ތަމްސީލުކުރާ އަނޮން ބާ-ޑޭވިޑް ބުންޏެވެ.

މަސައްކަތްތެރިން މަސައްކަތް ހުއްޓާލާ ކުރަމުންދާ އިޙްތިޖާޖުގެ އަސަރު އިޒްރާއިލްގެ ބައެއް ހިސާބުތަކުން ވަރަށްބޮޑަށް ފެންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިޒްރާއިލްގެ މަސައްކަތްތެރިންނާ ބެހޭ އެންމެމަތީ ކޯޓުން ވަނީ މުޒާހަރާ ހުއްޓާލުމުގެ އަމުރެއް ހޯމަދުވަހު ނެރެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow