އަތުހަރު މަރުވެއްޖެ
އަތުހަރު މިއަދު ވަނީ މަރުވެފައި

އަތުހަރު މަރުވެއްޖެ

މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް

14 days ago - 17:47
Advertisement

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު މިއަދު ހަވީރު މަރުވެއްޖެ އެވެ. އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަތުހަރު މަރުވީ މިއަދު 16:08 ގައި ކަމަށެވެ.

އަތުހަރު މަރުވީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން ދަންޖެހިފައި ވަނިކޮށް, ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލްގައި އަތުހަރު އަށް ފަރުވާދިނީ ވެންޓިލޭރުގައި ބާއްވައިގެންނެވެ. އޭނާ ދަންޖެހުނީ އިއްޔެ އިރުއޮއްސޭއިރު ދޫނިދޫ ގޮޅީގައި ބަންދުކޮށްފައި ހުއްޓައެވެ. ފުލުހުން މިއަދު ޢާއްމުކުރި ޓައިމްލައިންގައި ވާގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނު ވަގުތުން ފެށިގެން 20 މިނިޓް ތެރޭގައި މާލެ ގެނެސް, އައިޖީއެމްއެޗް ގައި ފަރުވާދޭން ފެށިއެވެ.

އަތުހަރު ހައްޔަރުކުރީ އަންހެނަކު ރަހީނުކޮށް އެއަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލްގައި ދަމުން މަޑުކޮށްލި ވަގުތު ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން ވަރަށް ބޮޑަށް ޒަޚަމްވިއެވެ. ފުރަތަމަ އޭނާ ގެންދިޔައީ ހޮސްޕިޓަލަށް ފަރުވާ ދޭށެވެ. ފުލުހުންގެ ބަންދަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. ނަމަވެސް ދަންޖެހުމުން އަލުން ފަރުވާއަށް ގެންދިޔައީ އެވެ.

ފުލުހުން ބުނީ އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. . އަދި އޭނާ މަރުވި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ބުންޏެވެ. މީގެއިތުރުން ހިޔުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދަނީ އަތުހަރު ދަންޖެހުނު ގޮތާއި, އެމަައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement