ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 3:42 ހާއިރުއެވެ. ގެނބުނު ޒުވާނާ މޫދުން ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ޒުވާން އުމުރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން ހިތަދޫގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ސިހުމަކާއި މާޔޫސްކަމެއް ލިބިފައެވެ.
ރިއެކްޝަންސް





