ސުއަރޭޒް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ސުއަރޭޒް އަކީ ކެޕްޓަން: ފޮޓޯ-ސުއަރޭޒް ޓްވީޓަރ

ސުއަރޭޒް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

17 އަހަރު ގައުމީ ޓީމަށް ކުޅުނު

14 days ago - 07:28
Sep 3, 2024 - 07:29

ލުއިސް ސުއަރޭޒް އުރުގުއާއީގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އޭނާ ރިޓަޔާކުރިކަން އިޢުލާންކުރީ ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެއްސެއްގައެވެ. ސުއަރޭޒް ކުޅުން ހުއްޓާލާފައިވާކަން އިޢުލާން ކުރިއިރު, އުރުގުއާއިން ވަނީ ހުކުރުދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއާއީއާ ދެކޮޅަށް ކުޅެފައެވެ.

ސުއަރޭޒް ޤައުމީ ޓީމަށް އަލްވަދާއު ކީއިރު 17 އަހަރު ތެރޭގައި އޭނާ ވަނީ ޤައުމީ ޓީމަށް 142 މެޗު ކުޅެދީފައެވެ. އަދި 69 ގޯލާއެކު މިހާތަނަށް އުރުގުއާއީ އަށް އެންމެ ގިނަ ގޯލްޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ އޭނާ އަތުގައެވެ. ކުރިން ލިވަޕޫލަށާއި, ބާސެލޯނާއަށް ވެސް ކުޅުނު ފޯވާޑް މިހާރު ކުޅެނީ އިންޓަރ މަޔާމީއަށެވެ. 

"އަހަންނަށް މިއީ ރިޓަރާކުރަން އެންމެ ރަނގަޅު ވަގުތުކަން އެނގުމަށްވުރެ ބޮޑު ފަޚުރެއް ނެތް. އަހަރެން ވަރަށް ނަސީބުވެރި, އަދި މި ނިންމުން މިނިންމަނީ އެންމެ ރަނގަޅު ވަގުތުގައި ކަން އަހަންނަށް ޔަޤީން. އަހަންނަށް މިހާރު 37 އަހަރުވެއްޖެ. ދެން އިތުރު ވޯލްޑް ކަޕެއްގައި ކުޅުމަކީ އުނދަގޫކަމަކަށް ވާނެ. އަނިޔާގެ ސަބަބުން ކުޅުން ހުއްޓާލަން ނުޖެހި, މިހެންހުރެ ނި ނިންމުން ނިންމަން ލިބުމުން ވަރަށް ހިތްހަމަޖެ" ޖަރުބާތީވެފައި ހުރި ސުއަރޭޒް ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.

އަމިއްލަ މީހެއްގެ ހައިސިއްޔަތުން މިނިންމުން ނިންމަން ފަސޭހަ ކަމަށާއި, ނަމަވެސް މިނިންމުން ނިންމަން އުނދަގޫވިކަމަށް އޭނާ ބުންޏެވެ. އެކަމަކު އޭނާ މިދަނީ ވަރަށް ހަމަޖެހިގެން ކަމަށާއި, ޤައުމީ ޓިމަށް ކުޅޭދިން އެންމެ ފަހު މެޗާ ހަމައަށް އޭނާގެ އެންމެމަތީ ކުޅުން ދެއްކިފައިވާތީ އެކަމުގެ ހިތްހަމަޖެހުން އޮތްކަމަށްވެސް ސުއަރޭޒް ބުންޏެވެ.

Advertisement

ސުއަރޭޒް އުރުގުއާއީގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިނީ 2007 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުއެވެ. އެއީ ކޮލަންބިއާއާ ދެކޮޅަށެވެ. އެމެޗު 1-3 ން ކާމިޔާބުކުރީ އުރުގުއާއީ އެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ސުއަރޭޒް އަކީ އުރުގުއާއި ޤައުމީ ޓީމުގެ މައި އެއް ތަނބެވެ.

އޭނާ ޤައުމީ ޓީމާއެކު ތިން ވޯލްޑްކަޕް ކުޅުނެވެ. އެއީ 2014, 2018 އަދި 2022 ގެ ވޯލްޑް ކަޕެވެ. އަދި ކޮޕާ އެމެރިކާގައިވެސް ފަސް ފަހަރު ވާދަކުރިއެވެ. އެއީ 2011, 2016, 2019, 2021, އަދި 2024 ވެ. އޭގެތެރެއިން 2011ގެ ކޮޕާ އެމެރިކާ ކާމިޔާބުކުރީ އުރުގުއާއީންނެވެ. 

"އަހަންނަށް ކެރިއަރުގަ ވަރަށްގިނަ ކާމިޔާބީ ޙާސިލްކުރެވުނު. އެކަމަކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާގެ ތަށި އުފުލާލަން ލިބުމަކީ މުޅި ކެރިއަރުގައިވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ. އެއީ ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ރީތި ހިނދުކޮޅު. އެއާ, އަހަރެން ހޯދި އެހެން ކާމިޔާބީ އަކާ ބަދަލެއް ނުކުރެވޭނެ" ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް އެންމެ ފަހުން ޤައުމީ ޓީމަށް މެޗެއް ކުޅޭދިނީ މި އަހަރު ކޮޕާ އެމެރިކާގެ ތިންވަނަ ހޮވި މެޗްގައި ކެނެޑާ އާ ދެކޮޅަށެވެ. އެމެޗްގައި ޓީމް މޮޅުވި ޕެނަލްޓީ ޖަހައިދިނީވެސް އޭނާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow