ލެވަންޑޮސްކީއަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް މުހިއްމު ދެ މެޗް ގެއްލިދާނެކަމުގެ ބިރު
ލެވަންޑޮސްކީއަށް އަނިޔާވެ ދަނޑުމަތީގައި އިށިއިނދެލައިގެން. ފޮޓޯ: ބީ ސްޕޯޓްްސް

ލެވަންޑޮސްކީއަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް މުހިއްމު ދެ މެޗް ގެއްލިދާނެކަމުގެ ބިރު

1 hour ago - 21:26
Apr 20, 2025 - 21:30

ބާސެލޯނާގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް އޮތް މުހިއްމު ދެ މެޗު އޭނާއަށް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެއެވެ. އެއީ ކޮޕާ ޑެޕް ރޭ ގެ ފައިނަލް އާއި ޗެޕްމިއަންސް ލީގުގެ ސެމީ ފައިނަލްއެވެ.

36 އަހަރުގެ ލެވަންޑޮސްކީ އަށް އަނިޔާވީ އާދިއްތަ ދުވަހު ލަލީގާގެ ކްލަބް ސެލްޓަވީގޯ އާ ބައްދަކޮށް 3-4 ން ބާސެލޯނާ މޮޅުވި މެޗުގައެވެ. އަނިޔާވެ ލެވަންޑޮސްކީ ބަދަލުކޮށްފައިވަނީ މެޗުގެ 78ވަނަ މިނިޓްގައެވެ. އޭނާ މިއަދު ބައެއް ޓެސްޓްތައް ހަދާފައި ކަމުގައި މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް ލެވަންޑޮސްކީ ކުޅުމާ ދުރުގައި ހުންނަންޖެހެނީ ކިހާ މުއްދަތެއްކަން ބާސެލޯނާއިން ހާމަކޮށްފައެއް ނުވެއެވެ. ކޮޕާ ޑެޕް ރޭގެ ފައިނަލްގެ ކުރިން ލަލީގާގައި ބާސެލޯނާގެ ދަނޑުގައި އަންގާރަ ދުވަހު މަލޯކާ އާ އެކޮޅަށް އެޓީމު ކުޅޭނެއެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ކޮޕާ ޑެލް ރޭގެ ފައިނަލް އޮންނާނީ ސެވިއްޔާގައެވެ. އަދި އޭގެ ފަހުން ޗެޕްމިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެޕްރީލް 30 ވަނަ ދުވަހު އިންޓަރ މިލާން އާ ބާސެލޯނާ ވާދަކުރާނެއެވެ.

ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ލެވަންޑޮސްކީ އަންނަނީ ބާސެލޯނާގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ތިން މުބާރާތުގެ ފަހު ތަޅާލުންގަނޑާ ބާސެލޯނާ ކުރިމަތިލާފައިވާއިރު ލެވަންޑޮސްކީގެ ގިނަ ގޯލްތަކެއްވަނީ މި ސީޒަނުގައި ވަނީ ފެނިގެން ގޮސްފައެވެ. މިސީޒަނުގެ ހުރިހާ މުބާރާތްތަކެއް އެއްކޮށް އޭނާވަނީ ބާސެލޯނާއަށް 40 ގޯލް ކާމިޔާބުކޮށްދީފައެވެ. ލަލީގާގެ ތާވަލްގެ އެންމެ ކުރީގައި ބާސެލޯނާ އޮތީ ހަތް ޕޮއިންޓްގެ ސާފު ލީޑެއްގައެވެ.

Advertisement
Advertisement

ލެވަންޑޮސްކީއަށް އަނިޔާވެފައިވާއިރު ބާސާގެ ލެފްޓްބެކް, އަލެހަންޑްރޯ ބަލްޑޭގެ ފިޓްނަސްވެސް މިވަގުތު ވަނީ ސުވާލުމާކެއްތެރޭގައެވެ. ފަލަމަސްގަނޑަށް ލިބުނި އަނިޔާ އާ ގުޅިގެން ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލްޑޭ ފެނިފައެއްނުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow