
އެވަޓަން އިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މާސީސައިޑް ޑާބީގައި އެވަޓަންއިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު އެވަޓަން އިން އެއްވަރުކުރީ ފަހުވަގުތު 2-2 ން ނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެވަޓަންގެ ބެޓޯއެވެ. ނަމަވެސް އެވަޓަންއިން ލަނޑުޖެހިތާ ފަސްމިނިޓްފަހުން ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފަހު ހާފުގެ ކުޅުންފެށި މެޗުގެ 73 ވަނަ މިނިޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.
މި ނަތީޖާއާއި އެކު ތާވަލުގެ އެއްވަނާގައި ލިވަޕޫލު އޮތީ ކުޅުނު 24 މެޗުން ލިބުނު 57 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ރޭގެ މެޗު އެއްވަރުކޮށްގެން ލިބުނު އެއް ޕޮއިންޓާއި އެކު އެވަޓަން އޮތީ 27 ޕޮއިންޓާއި އެކު 15 ވަނާގައެވެ.
ރޭގެ މެޗުގެ ކުޅުން ނިމުމަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެވަޓަންގެ އަބްދުﷲ ޑޮކޫރޯ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސްއަށް ރަތް ކާޑު ދެއްކިއެވެ. އަދި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްއަށްވެސް ރަތް ކާޑު ދެއްކިއެވެ.
ރިއެކްޝަންސް






