މެންޗެސްޓަރ ޔުނައިޓަޑްެގެ އޮތް ހިސާބާމެދު ލަދުވެތިވޭ-،އަމޮރިމް
ޔުނައިޓަޑް ގެ ކޯޗު ރުބެން އަމޮރިމް ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ: ސްކައި ސްޕޯޓްސް

މެންޗެސްޓަރ ޔުނައިޓަޑްެގެ އޮތް ހިސާބާމެދު ލަދުވެތިވޭ-،އަމޮރިމް

ހާލަތުރަނގަޅުކުރެވިދާނެ ކަމާމެދު އަމޮރިމް ސުވާލު އުފައްދައިފި

22 hours ago - 08:17
May 12, 2025 - 09:55

މެންޗެސްޓަރ ޔުނިޓަޑްގެ ދަށް ފޯމާއި, ލީގު ތާވަލްގައި ޓީމް އޮތް ހިސާބާ މެދު ލަދުވެތި ވާ ކަމަށާއި އޭނާއަށް ޔުނައިޓަޑްގެ ހާލަތު ރަނގަޅު ކުރެވިދާނެކަމާމެދު ކޯޗު ރުބެން އަމޮރިމް ސުވާލުއުފައްދައިފިއެވެ. 

އާދިއްތަ ދުވަހު އޯލްޑް ޓްރެފޯޑްގައި 2-0 ން ވެސްޓް ހެމް ޔުނައިޓަޑް އަތުން ބަލިވެ ޔުނައިޓަޑް މިހާރު އޮތީ ޕްރިމިއަރ ލީގު ތާވަލްގެ 16 ވަނައިގައެވެ. މިއީ މި ސީޒަންގައި ޔުނައިޓަޑް ގެ 17 ވަނަ ބައްޔެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމޮރިމް ވަނީ ޔުނައިޑްގެ ކުޅުންތެރިން މެޗުން މޮޅުވުމަށް އެކަށީގެންވާ މަސައްކަތްކުރޭތޯ އާއި ކުޅުންތެރިންގެ 'ވިނިންގ އެޓިޓިއުޑް' އާ ބެހޭގޮތުން ސުވާލު އުފައްދާފައެވެ. އަދި އެކަން އޮގޮތަށް އޮންނަ ނަމަ އޭނާއަކީ ކްލަބްގެ ހާލަތު ރަނގަޅުކުރަން އެންމެ އެކަށީގެންވާ މީހާކަމާމެދު ސުވާލު އުފެދޭކަމުގައިވެސް އަމޮރިމް ބުނެފައި ވެއެވެ.

"މެންޗެސްޓަރ ޔުނިއިޓަޑްގެ ކޯޗުގެ ގޮތުގައި ހުރެ މި މަޤާމާމެދު ކީކޭ ބުނާނީ! ވަރަށް ލަދުވެތި, ބަލައިގަންނަން އުނދަގޫ. މިހާތު ދެން އޮތް ހިސާބު ބަދަލެއް ނުކުރެވޭނެ. މި ހިސާބުން އަހަރެމެންނަށް މިއީ ބޮޑު ކްލަބެއް ކަމުގެ އިޙްސާސްވެސް ނުކުރެވޭ. އަހަންނަށް ހީވަނީ އެއީހެން އެންމެންގެ ވެސް ކަންބޮޑުވުމަކީ" ނޫސްވެރިންގެ ބައްދަލުވުމުގައި އަމޮރިމް ބުންޏެވެ. 

Advertisement
Advertisement

ޔުރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓަޑް ދަތުރުކޮށްފައި އޮތްނަމަވެސް ޕްރިމިއަރ ލީގުގައި އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓަޑަށް މިސީޒަނުގައި މޮޅުވެވުނީ އެންމެ ހަ މެޗުންނެވެ.

40 އަހަރުގެ އަމޮރިމްގެ އެއްބަސްވުން ޔުނައިޓަޑް އާއެކު 2027 އާ ހަަމަށް އޮތަސް އަވަސް މުއްދަތެއްގައި ކްލަބުގެ ހާލަތު ރަނގަޅު ނުކުރެވޭނެނަމަ މަޤާމުގައި ދެމިނުހުރެވޭނެކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow