ކޮންމެ ދުވަހަކުވެސް ނަރުހުން ކުރައްވަނީ ގައުމު ފަޙްރުވެރިވާ ފަދަ މަސައްކަތެއް: ރައީސް މުއިއްޒު
ރައީސުލްޖުމުހޫރިއްޔާ ހޮސްޕިޓަލަކަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ކޮންމެ ދުވަހަކުވެސް ނަރުހުން ކުރައްވަނީ ގައުމު ފަޙްރުވެރިވާ ފަދަ މަސައްކަތެއް: ރައީސް މުއިއްޒު

11 months ago - 08:50
May 12, 2025 - 08:57
Advertisement
Advertisement

ކޮންމެ ދުވަހަކުވެސް ނަރުހުން ކުރައްވަނީ ގައުމު ފަޙްރުވެރިވާ ފަދަ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ނަރުހުންނަށް ފޮނުއްވުމަށް ކުރެއްވި ޕޯސްޓްގައެވެ.

ރައީސް ފާހަގަކުރެއްވީ ނަރުހުން ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިކަމާއެކު ހިނިތުންވެ ޚިދުމަތްކުރަމުންދާ ކަމެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ނަރުހުންނަކީ ހަސްފަތާލުތަކުގައި މަރުޙަބާ ކިޔައި، ބަލިމީހުންނަށް ފަރުވާ ދީ، އެ މީހުން ރަނގަޅުވަންދެން ޚިދުމަތުގައި ދެމިތިބޭ މުރާލި ބައެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ޕޯސްޓުގައި ވަނީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި 12 ވަނަ ދުވަހުއެވެ. މި ދުވަހަކީ ޞިއްޙީ ދާއިރާގައި ނަރުހުންގެ މުހިންމު ދައުރު ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement