ރަތްކާޑާއެކު ބްރެޒިލްގެ މާޓާގެ ލޮލުން ކަރުނަ
ރަތްކާދް ދެއްކުމުން މާޓާ ރޮނީ: ފޮޓޯ-އޭޕީ

ރަތްކާޑާއެކު ބްރެޒިލްގެ މާޓާގެ ލޮލުން ކަރުނަ

މިއީ މާޓާ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތް

2 months ago - 09:07
Aug 1, 2024 - 09:32

ބްރެޒިލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން މާޓާ އަށް އޮލިމްޕިކްސްގައި ދެއްކި ރަތްކާޑާއެކު ލޮލުން ކަރުނަ އޮހޮރިއްޖެ އެވެ.

މިއަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިގެން ހުރި މާޓާއަށް ރަތްކާޑް ދެއްކީ އޮލިމްޕިކްސްގައި ރޭ 2-0 ން ސްޕެއިން އަތުން ބަލިވި މެޗުގައެވެ. މާޓާއަށް ރަތްކާޑް ދެއްކިއިރު ދެޓީމް އޮތީ ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. ސްޕެއިން އިން ލީޑް ނެގީ މާޓާ އަށް ރަތްކާޑް ދެއްކި ފަހުން 68 ވަނަ މިނިޓްގައެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ 17 ވަނަ މިނިޓްގައެވެ. އިތުރު ވަގުތު ގިނަވީ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ މެޗު ތަކުރާރުކޮށް މެދުކަނޑާލަން ޖެހުމުންނެވެ. މާޓާއަށް ރަތްކާޑް ދެއްކީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުރު ނުރައްކާތެރި ޓެކްލެއްގެ ސަބަބުންނެވެ.

މީގެކުރިން އޮލިމްޕިކްސްގެ ރިހި މެޑަލް ދެފަހަރު ހޯދާފައިވާ މާޓާ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. އޭނާއަށް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ދެން ލިބޭނީ ކްއާޓާ ފައިނަލްގައި ފްރާންސް ބަލިކުރެވިއްޖެ ނަމައެވެ. ކްއާޓާ ފައިނަލުން ބްރެޒިލް އަށް ޖާގަ ލިބުނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމްތަކުގެ ތެރެއިންނެވެ. 38 އަހަރުގެ ފޯވާޑަކީ ވަރލްޑްކަޕްގައި 17 ގޯލް ޖަހާފައިވާ ކުޅުންތެރިއެކެވެ. އެއީ 23 މެޗުންނެވެ. އޭނާ ވަނީ 6 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.

މިއޮލިމްޕިކްސް އަކީ މާޓާ ގައުމީ ޓީމަށް ކުޅޭ ބޮޑު ފަހު މުބާރާތެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow