އޮޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބައެއް އެކައުންޓަށް ފޮނުވި އެތައް މިލިއަން ޑޮލަރު އަނބުރާ ހޯދައިފި
77 މިލިއަން ޑޮލަރު ޖަމާވިކަން އަންގައިދޭ ސްލިޕް

އޮޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބައެއް އެކައުންޓަށް ފޮނުވި އެތައް މިލިއަން ޑޮލަރު އަނބުރާ ހޯދައިފި

ޑޮލަރު ފޮނުވުނުކަން އިނގުމާއެކު ބެންކުން ވަނީ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް ޑައުން ކޮށްލާފަ

2 months ago - 19:42
Advertisement

އޮޅިގެން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބައެއް މީހުންގެ އެކައުންޓަށް ފޮނުވި އެތައް މިލިއަން ޑޮލަރު އަނބުރާ ހޯދައިފި އެވެ.

މިއަދު މެންދުރުފަހު އާއްމުންގެ ސަމާލުކަމަށް އެކަން އައީ މީހަކު އޭނާގެ ބެންކް އެކައުންޓް ސްޓޭޓްމަންޓާއެކު އެވާހަކަ ހިއްސާކުރުމުންނެވެ. އެއީ ލިލީ ބީޗްގެ މުވައްޒަފެކެވެ. އެތަނުގެ އެހެން ބައެއް މުވައްޒަފުންގެ އެކައުންޓަށްވެސް ބޮޑަތި އަދަދުތަކުން ޑޮލަރު ޖަމާވި ކަމަށް އޭނާ ބުންޏެވެ. މައުލޫމާތު ހިއްސާކުރި މުވައްޒަފުގެ އެކައުންޓަށް އޭނާގެ އެކައުންޓް ނަމްބަރާ އެއްވަރުގެ އަދަދަށް ޑޮލަރު ޖަމާވިއެވެ. އޭނާ ހިއްސާކުރި ސްލިޕުން ދައްކާގޮތުން އެކައުންޓްގައި 77 މިލިއަން ޑޮލަރު ހުއްޓެވެ. ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހަވީރު ވަނީ އެފަދަ ކަމެއް އޮޅިގެން ހިނގާފައިވާ ކަމަށް ބުނެފައެވެ. އަދި އޮޅިގެން ޖަމާކުރެވުނު ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ބެންކުން ބުންޏެވެ. މީގެއިތުރުން ބެންކްގެ ކޮންޓްރޯލް އެހެން ބައެއްގެ އަތަށް ނުދާ ކަމަށާއި, ރައްކާތެރި ކަމުގެ ޔަގީންކަން ބޭންކުން ދިނެވެ.

ބޭންކުން ބުނީ އެފަދަ ކަމެއް ދިމާވީ މުސާރަ ދިނުމުގައި ދިމާވި ބަލްކް ޕޭމަންޓްގެ އާ ޚިދުމަތުގެ ތެރެއިން މުވައްޒަފަކަށް އޮޅިގެން ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement