ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރު އޮފީސްތައް ބަންދު

ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރު އޮފީސްތައް ބަންދު

17 hours ago - 10:57
Feb 26, 2026 - 10:58
Advertisement
Advertisement

އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. 


އެ އޮފީހުން މިއަދު އާއްމުކުރި ދެންނެވުމުގައި ވަނީ، ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަނީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ ކަމަށެވެ. 


ރަމަޟާން މަހުގެ ފަހުދިހަ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައިގެ މާތް ދުވަސްތަކުގައި އަޅުކަމަށް އިސްކަންދީ، ދީނީ ކަންކަމުގައި މަޝްޣޫލުވުމަށް ރައްޔިތުންނަށް ފުރުސަތު ދެއްވުމަކީވެސް މި ނިންމެވުމުގެ ބޭނުމެކެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މި މުއްދަތުގައި ސަރުކާރު ބަންދުވި ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. އެގޮތުން، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާއަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފައެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement