50 ޙާފިޡުންގެ ކާމިޔާބީ ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވަނީ
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑެއްޔާއި އިނާމު، 50 ޙާފިޡަކަށް އެރުވުމަށް ނިންމަވައިފިއެވެ.
މި އިނާމުތައް ދެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ޚާއްސަ ޖަލްސާއެއްގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކުރާ މި ޖަލްސާގައި، ޤުރްއާން ހިތުދަސްކުރި 50 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެޑެއްޔާއި އިނާމު ހަވާލުކޮށްދެއްވާނެއެވެ.
މިއީ ރާއްޖޭގައި ދީނީ ކަންކަމަށް ދެވޭ އަހަންމިއްޔަތު އިތުރުކުރުމާއި، ކީރިތި ޤުރްއާން އުނގެނުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިދިޔަ އަހަރު ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި 28 ޙާފިޡަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު އަރުވާފައެވެ. ނަމަވެސް މިއަހަރު މި ޝަރަފު ލިބޭ ޙާފިޡުންގެ އަދަދު ވަނީ 50 އަށް އިތުރުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ދެއްވުމުގެ މަގްސަދަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން މުޖުތަމައުގައި އާލާކޮށް، އެ ފަރާތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމެވެ.
ރިއެކްޝަންސް









