2025 ވަނަ އަހަރު ތަފާތުވާނެ- ރައީސް ޑރ.މުއިއްޒު
ރައީސް މުއިއްޒު އޮމަދޫގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

2025 ވަނަ އަހަރު ތަފާތުވާނެ- ރައީސް ޑރ.މުއިއްޒު

އަންނަ އަހަރަކީ ނަތީޖާ ނެރެދެއްވަން ފައްޓަވާ އަހަރު

3 days ago - 19:22
Dec 15, 2024 - 19:22
Advertisement
Advertisement

ކުރިއަށް އޮތް 2025 ވަނަ އަހަރު ތަފާތުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނކުފާނު މިފަދައިން ވިދާޅުވީ އދ.އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި މިއަދު އޮމަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި ތަރައްޤީގެ އެތައް ކަމަކަށް ޙައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އޮމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.

 

މީގެއިތުރުން އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫޢުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 ވަނަ އަހަރު، އެ 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށެވެ.

Advertisement
Advertisement

2025 ވަނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫޢުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އދ. އޮމަދޫގެ ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އޮމަދޫ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަޞީލަތްތައްވެސް 2025 ވަނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށާ، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރަކީ ނަތީޖާ ނެރެދެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރު ކަމަށެވެ.

އދ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހަވީރު މާލެ ވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement