ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

3 hours ago - 21:18
Sep 16, 2025 - 21:18
Advertisement
Advertisement

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރު ޖަލްސާގައި ފާސްކުރެއްވި މިބިލަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތައްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ވޯޓެއް ނަގަން ނިންމާތާ 10 ދުވަސް ތެރޭގައި މާލީ ވުޒާރާއިން އެކަމަށް ބޭނުންވާ ބަޖެޓްވެސް ހަމަޖައްސައިދޭން ޖެހެއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މިބިލް ފާސްކުރީ އިދިކޮޅު އެމްޑީޕީ މެމްބަރުންގެ ވޯޓާ ނުލައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement