އަދަދަށް ދިން އެވޯޑްގެ މައްސަލަ ތަހުގީގު ކުރަން އޭސީސީ ވަދެއްޖެ
މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން އަދަދު އޮންލައިނަށް ދިން އެވޯޑްގެ މައްސަލަ ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެމްއެމްސީ އަށް ވަދެއްޖެ އެވެ.
އޭސީސީން އެކަން ތަހުގީގުކުރަން މިފެށީ އަދަދު އޮންލައިންގެ 'ސްކީލާން' ޑޮކިއުމެންޓްރީ އަށް ވީޑިއޯ/އޯޑިއޯ ކެޓަގަރީން އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑް ދިނުމުން ފާކިއުންތަކެއް އަމާޒުވަމުން ދަނިކޮށެވެ. ފާޑުކިޔަމުން ދަނީ ސަރުކާރާއި, ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުނެވެ. މީގެއިތުރުން އެމްއެމްސީގެ އެވޯޑް ކޮމިޓީންވެސް އެންމެ ފަހުން އެކަމާމެދު ސުވާލު އުފައްދާ މާކިންގ ކްރައިޓީރިއާއާއި, އެޑޮކިއުމެންޓްރީ ބަލައިގަން ނިޔަތާމެދު ސުވާލު އުފައްދާ ބަޔާނެއްވެސް ނެރިފައި ވަނިކޮށެވެ.
އެޑޮކިއުމެންޓްރީގެ ތަންކޮޅެއް އެވޯޑް ހަފްލާގައި ދެއުމުން ޕަބްލިކް ސަރވިސް މީޑިޔާއިންވެސް ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރުމާއެކު ބަޔާނެއް ނެރުނެވެ. އެއީ އެކުންފުނީގެ އެޑިއޓޯރިއަލް ގައިޑްލައިނާ ހިލާފް ވީޑިއޯއެއްކަން ބަޔާންކޮށް ބަޔާން ނެރުނެވެ. އަދި އެވީޑިއޯ އޮންއެއަރވި މައްސަލާގައި މީޑިޔާ ކައުންސިލްގެ ރައީސް ޕީއެސްއެމްގެ އަހުމަދު މުސްތަފާ ވަޒީފާއިން ވަކިކޮށް އަލުން ވަޒީފާ އިޔާދަ ކުރިއެވެ. ވަޒީފާ އިޔާދަކުރުމާ މުސްތަފާގެ ފަރާތުންވެސް އެއެވޯޑްގެ ކަންކަން ދިޔަގޮތާ މެދު ސުވާލު އުފައްދާ ބަޔާނެއް ނެރުނު ވަގުތާ ދިމާވިއެވެ.
އެޑޮކިއުމެންޓްރީ އަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ރައީސްއަށް ތުހުމަތުތަކެއް ކުރާ ޑޮއިކުމެންޓްރީ އެކެވެ. އިންތިޚާބުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާ އެމަނިކުފާނު އެވާހަކަތައް ދޮގުކުރެއްވިއެވެ. އަދި އޭރު އެޑޮކިއުމެންޓްރީއާ ދެކޮޅަށް މީޑިޔާ ކައުންސިލުންވެސް ބަޔާނެއް ނެރުނެވެ. ސުވާލު އުފެދެނީ މީޑިޔާ ކައުންސިލް ބަޔާން ނެރުނު ޑޮކިއުމެންޓްރީ އަކަށް އެކައުންސިލުން އެވޯޑް ދިނުމުންނެވެ.
ފާޑުކިއުންތަކާއެކު މީޑިޔާ ކައުންސިލުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ އެކަމަ މެދު އަމަލުކުރާނެ ގޮތެއް ނިންމުމުގެ މަސައްކަތް ފަށާފައެވެ.
ރިއެކްޝަންސް