ދިވެހިރާއްޖެ މިހާރު އޮތީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބަކު ނޫން- ޔާމީން
ކުރީގެ ރައީސް ޔާމީން

ދިވެހިރާއްޖެ މިހާރު އޮތީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބަކު ނޫން- ޔާމީން

ސަރުކާރަށް ޔާމީން ފާޑުވިދާޅުވި

2 months ago - 08:57
Advertisement

ދިވެހިރާއްޖެ މިހާރު އޮތީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބުގައި ނޫންކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ހަރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅު ނޫންކަމަށް އެކި މިސާލުތައް ދައްކަވަމުންނެވެ. ރާއްޖޭގެ ހާލަތު ގޯސްކަން ފާހަގަކުރައްވާ ވިދާޅުވީ އެވާހަކަތައް ދައްކަވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ބޭނުމުގައި ނޫންކަމަށެވެ. ޔާމީން ވިދާޅުވީ ވެރިކަމަށްވެސް މިހާރު ގެންނަންވީ ފަރަންޖީއެއް ކަމަށެވެ. ރާއްޖޭގައި ހުރިހާކަމެއްވެސް މިހާރު ކުރަނީ ފަރަންޖީން ކަމަށް ވިދާޅުވެ, ދިވެހީންނަށް ކިޔަވައިދެނީ ކީއްކުރަންތޯ ސުވާލު އުފެއްދެވިއެވެ. 

'ކިޔަވައިގެންދިތިބި ދިވެހިންގެ ބޭނުން ހިފަން އޭގެ މަތީގައި ތިބި ސިޔާސީ ވެރިންނަށް ނޭންގެންޏާ އެއުޅެނީ ކިޔަވައިގެންތިބި މީހުންގެ މައްސަލައެއްތޯ, ސިޔާސީ ބޭފުޅުންގެ މައްސަލައެއްތޯ" ޔާމީން ސުވާލުކުރެއްވިއެވެ.

ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ހުރިހާ ސިޔާސީ މީހުން އެލް ބޯޑް ޖަހައިގެން 6 މަސް ދުވަހަށް ކިޔަވަން ދާންވީ ކަމަށެވެ. ޔާމީން މިފަދައިން ވިދާޅުވިއިރު ރިޔާސީ އިންތިޚާބުގައި އެންމެ ފަހުވަގުތާ ހަމައަށްވެސް ވާދަކުރައްވަން މަސައްކަތް ކުރެއްވިއެވެ. އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުޞަތު ނުލިބުމުން އިންތިޚާބު ބޮއިކޮޓް ކުރަންވެސް އެމަނިކުފާނު އޭރު ލީޑަރުކަން ކުރެއްވީ ޕީޕީއެމް/ޕީއެންސީ އަށް އެންގެވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement