ބައްޔަކުން އެންޑީ މަރީ ކެރިއަރު ނިންމާލައިފި
ދެ ފަހަރު އޮލިމްޕިކްސް ސިންގަލްސް ޗެމްޕިއަންކަން ހޯދި
ޓެނިސް ތަރި އެންޑީ މަރީ ބައްޔަކުން ކެރިއަރު ނިންމާލައިފި އެވެ. އޭނާ ކެރިއަރު ނިންމާލީ ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ޑަބަލްސް ކްއާޓާ ފައިނަލްގައި ބަލިވި މެޗާއެކުއެވެ.
އެންޑީ މަރީގެ ޕެއަރ ކްއާޓާ ފައިނަލްގައި ބަލިވީ ސީދާ ދެސެޓުންނެވެ. އެންޑީ މަރީއާއި ޑަން އިވާންސްގެ ޕެއަރ ކްއާޓާ ފައިނަލްގައި ބަލިވީ އެމެރިކާގެ ޓޭލާ ފްރިޓްޒް އާއި ޓޮމީ ޕޯލްއާ ވާދަކޮށް 6-2, 6-4 ނެވެ. 37 އަހަރުގެ އެންޑީ މަރީ ވަނީ އޮލިމްޕިކްސް ފެށުމުގެ ކުރިންވެސް މިއީ އޭނާގެ ފަހު މުބާރާތްކަން އިއުލާނު ކޮށްފައެވެ.
" އަހަރެންގެ ކެރިއަރާމެދު ފަޚުރުވެރިވޭ. ހޯދުނު ކާމިޔާބީތަކާއި ކުޅިވަރަށް ކޮށްދެވުނު ޚިދުމަތާމެދުވެސް އުފާކުރަން" އެންޑީ މަރީ
ބަލިވި މެޗަށްފަހު އޭނާ ބުނީ ބަލިވިޔަސް ކުޅުން ހުއްޓާލަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އެކަމަކު ވާދަވެރި ފަހު މެޗަށްވުމުން ތަފާތު އިހުސާސެއް ކުރެވޭ ކަމަށް ބުންޏެވެ. އެންޑީ މަރީ ވަނީ އޮލިމްޕިކްސްގައި ދެ ފަހަރެއްގެ މަތީން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫއެސް އޯޕަން އާއި 2013 އަދި 2016 ވަނަ އަހަރުގެ ވިމްބަލްޑަންގެ ޗެމްޕިއަންކަން ހޯދި އެވެ. ކުރިން އޭނާއަކީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާވެސް މެއެވެ.
ރިއެކްޝަންސް