މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ހެނބަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި
ފުލުހުންގެ ސައިކަލުގައި ރޯކޮށްލާފައި: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ހެނބަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި

ސައިކަލަކަށް ގެއްލުންވެސް ދިން

2 months ago - 10:55
Advertisement

މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ހެނބަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ސައިކަލްގައި ރޯކޮށްލީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ފުރަތަމަ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނީ ކަމަށެވެ. އެކަން ކުރީ އިއްޔެގެ ވަގުތެއްގައެވެ. އުތުރު ސައިކަލެއްގައި ރޯކޮށްލީ ރޭ ދަންވަރު ކަމަސް ޝިފާން ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

" މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން." ޝިފާން ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން ފުލުހުންނާއި, ފުލުހުންގެ މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ކުށްވެރިންގެ ފަރާތުން ކުރިމަތި ވެއެވެ. އެފަދަ ހާދިސާތަކުގައި ބައެއް ފަހަރު ފުލުހުން އަމަލުކުރާ ގޮތުގެ ސަބަބުން ފުލުހުންނަށްވެސް ޢާއްމުންގެ ފާޑުކިއުން އަމާޒު ވެއެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement