އެމްޑީޕީގެ ދާއިރާތަކުގެ ބައ-އިލެކްޝަންގެ ވޯޓްލުން ފަށައިފި
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މީހަކު ވޯޓްލަނީ: ފޮޓޯ-އެމްޑީޕީ

އެމްޑީޕީގެ ދާއިރާތަކުގެ ބައ-އިލެކްޝަންގެ ވޯޓްލުން ފަށައިފި

މިރޭ 9 ޖެހުމާ ހަމައަށް ވޯޓްލާނެ

2 months ago - 15:57
Advertisement

އެމްޑީޕީގެ ދާއިރާތަކުގެ ބައ-އިލެކްޝަންގެ ވޯޓްލުން ފަށައިފި އެވެ.

އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ މާލެ ސިޓީގެ ރައީސްކަމެވެ. އެމަގާމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާދަކުރައްވަނީ މިދިޔަ ދެ ދައުރުގައިވެސް ރއްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެބްރު މުހައްމަދު ފަލާހުއާއެވެ. އެމްޑީޕީން މިއަދު އެޕާޓީގެ 21 ދާއިރާއެއްގެ އިންތިޚާބު ކުރިއަށް ގެންދެއެވެ. އޭގެތެރޭގައި މާލޭގެ 8 ދާއިރާއެއް ހިމެނެއެވެ. މާލެ ފިޔަވާ  އަތޮޅުތަކުގެ ބައެއް ދާއިރާތަކުގެ ވޯޓްލުންވެސް ވަނީ ފަށާފައެވެ. އިންތިޚާބުގެ ވޯޓްލުން ފެށީ މިއަދު 2:30 ގައެވެ. ވޯޓްލުން މިރޭ 09:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޚާއްޞަކޮށް މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވަރުގަދަ ކެމްޕެއިނެއްވެސް ވަނީ ކޮށްފައެވެ. މާލޭގައި ވޯޓްލުން ކުރިއަށް ދަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލްގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement