އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަކަށް މޭޔަރު އާދަމް އާޒިމް
ވާދަކުރެއްވީ ފަލާހުއާ
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަކަށް މޭޔަރު އާދަމް އާޒިމް އިންތިޚާބުކޮށްފި އެވެ.
ވާދަވެރި ކެމްޕެއިނަކަށްފަހު އާޒިމް އިންތިޚާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެއީ ފާއިތުވި ދެ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހުއާ ވާދަކުރައްވާ ކުރި ހޯއްދަވައިގެންނެވެ. މޭޔަރު އާޒިމް އެމްޑީޕީއާު ގުޅިވަޑައިގަތީވެސް ރިޔާސީ އިންތިޚާބަށްފަހު އެވެ. އެކަމަކު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރެއްވި އެވެ. މާލެ ސިޓީގެ ރައީސްގެ މަގާމް ހުސްވީ ކުރިން އެމަގާމް ފުރުއްވި ޝިފާ އެމްޑީޕީން ވަކިވުމުންނެވެ. ޝިފާވެސް ކުރިން ހުންނެވީ މާލޭގެ މޭޔަރު ކަމުގެ މަގާމްގައެވެ.
މާލެ މޭޔަރުގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ ރައީސްކަމަށް ފާތިމަތު ޒާޔާ ވަނީ އިންތިޚާބުވެފައެވެ. އެހެން ބައެއް ދާއިރާތަކުގެ ނަތީޖާތައްވެސް ދަނީ ކަށަވަރުވަމުންނެވެ.
ރިއެކްޝަންސް