ބީ.އެމް.އެލްއިން ކަނޑާލި ޑޮލަރު ލިމިޓު އަލުން ދިނުމަށް ރައީސް ނިންމަވައިފި
ބީ.އެމް.އެލްގެ ބްރާންޗެއް. ފޮޓޯ: ސޯޝަލް މީޑިއާ

ބީ.އެމް.އެލްއިން ކަނޑާލި ޑޮލަރު ލިމިޓު އަލުން ދިނުމަށް ރައީސް ނިންމަވައިފި

ޑޮލަރުގެ ލިމިޓް ކުރިއެކޭ އެއްގޮތަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

22 days ago - 13:35
Aug 25, 2024 - 14:07
Advertisement

ބީ.އެމް.އެލްއިން ކަނޑާލި ޑޮލަރު ލިމިޓު އުވާލަން ރައީސް ނިންމަވައިފިއެވެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގޮތަށް ނިންމެވިކަން ޕީ.އެން.ސީގެ މަޖިލިސް މެންބަރަކު ވަނީ އަމާޒް މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި މިވަނީ ޑޮލަރުގެ ލިމިޓަށް ބޭންކް އޮފް މޯލްޑިވްސްއިން ގެނައި ބަދަލާ ގުޅިގެން އާންމު ރައޔްިތުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއެކޭވެސް އެއްގޮތަށް ޑޮލަރުގެ ލިމިޓް އަލުން ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އާންމު ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިން ބުނެފައިވަނީ ކާޑްގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. 

Advertisement

މާނައަކީ ޑޮލަރު އެކައުންޓެއް ނެތި އަދި އެއެކައުންޓަކީ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ހަމަނުޖައްސާ އަލިއެކްސްޕްރެސް ފަދަ ޕްލެޓްފޯމް ތަކުން އޯޑަރކޮށްގެން ތަކެތި ނުގެނެވުމެވެ.

މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑްގެ ޕްރައިމަރީ އެކައުންޓަކީ ޑޮލަރު ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރުފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.

މިބަދަލާއެކު ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ރާއްޖެއިން ބޭރުގައިވެސް އެކާޑުން ފައިސާގެ މުއާމަލާތް ނުކުރެވޭނެއެވެ. 

ތަފްސީލް އަންނަނީ...

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement