ވޭމަންޑޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މުރައިދޫ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ޝަރީފް

ވޭމަންޑޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މުރައިދޫ މީހަކު ހައްޔަރުކޮށްފި

1 year ago - 16:08
Dec 25, 2024 - 16:09
Advertisement
Advertisement

ތ. ވޭމަންޑޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހއ. މުރައިދޫ މީހަކު ހައްޔަރުކޮށްފިއެވެ. ވޭމަންޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރީ ހއ.މުރައިދޫ ވެނީލާގެ މުޙައްމަދު ޝަރީފް އެވެ.

 44 އަހަރުގެ ޝަރީފް ހައްޔަރުކުރީ އިއްޔެއެވެ. އޭނާ ހައްޔަރުކުރީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދިޔަ މުދާއުފުލާ ބޯޓެއް ވޭމަންޑޫއަށް ކައިރިކުރުމުން އޭނާ ހުއްޓަވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 97.2 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުންޏެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެކޯޓުން ވަނީ 11 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މުޙައްމަދު ޝަރީފް ހައްޔަރުކުރީ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement