ޒަކާތު ހައުސްއިން ގާޒާގެ ރައްޔިތުންނަށް 50,000 ކޭސް ފެން ހަދިޔާކޮށްފި
ޤަޠަރު ރެޑްކްރެސެންޓުން އެހީ ހަވާލުކުރަނީ: ފޮޓޯ-ޤަޠަރު ރެޑްކްރެސެންޓް

ޒަކާތު ހައުސްއިން ގާޒާގެ ރައްޔިތުންނަށް 50,000 ކޭސް ފެން ހަދިޔާކޮށްފި

ހަ ހާސް ކޭސް ވަނީ ދެ ހޮސްޕިޓަލެއްގައި ތިބި މީހުންނާ ހަމައަށް ފޯރުކޮށްދީފަ

3 months ago - 15:51
Dec 25, 2024 - 15:51
Advertisement
Advertisement

ރާއްޖޭގެ ޒަކާތު ހައުސްއިން ފަލަސްޠީނުގެ ގާޒާ ރައްޔިތުންނަށް 50,000 ކޭސް ފެން ހަދިޔާކޮށްފިއެވެ.

އެއީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނީ ޤަތަރު ރެޑްކްރެސެންޓް މެދުވެރިކޮށެވެ. ޤަތަރު ރެޑްކްރެސެންޓުން ވަނީ އެއެހީ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވުނުކަން އިއުލާނުކޮށްފައެވެ. އެޖަމާއަތުގެ ރަސްމީ އެކްސް އެކައުންޓްގައި ބުނެފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްއިން 6000 ކޭސް ފެން ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޒަކާތު ހައުސްގެ މިޕްރޮގްރާމްގެ ދަށުން 50,000 ކޭސް ފެން 60,000 ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ފުރަތަމަ ހަ ހާސް ކޭސް ފެން ފޯރުކޮށްދިނީ އެކިވަރުގެ ޒަޚަމްތައް ލިބި ފަރުވާ ދެމުންދާ އަލް-ޝިފާ ހޮސްޕިޓަލާއި, އަލް-ހަޔާތް ހޮސްޕިޓަލްގައި ތިބި ގާޒާގެ ރައްޔިތުންނަށެވެ. އިނގިރޭސި ބަހުންނާއި އަރަބި ބަހުން ކުރި ޕޯސްޓްތަކުގައި ޤަތަރު ރެޑްކްރެސެންޓުން ވަނީ ތަފްސީލް ޢާއްމުކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީ ޣައްޒާގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ ހަމަ އަށް ވާޞިލްވެއްޖެ ކަމަށެވެ. އެ އެހީ އިން ހޭދަކުރަނީ ބޯ ފެން ބޭނުންވެފައިވާ އަޚުންނާއި އުޚުތުންނަށް ބޯ ފެން ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

" މިއީ ރާއްޖޭގެ ޒަކާތުގެ އިދާރާއިން ބޭރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް އެހީވާ ފުރަތަމަ ފަހަރު. މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވުޒާރާއިން ކުރިއަށް ގެންދާ ކަމެއް." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement