އިހުތިސާސްގައި އޮންނަ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރެވޭނެ- ރައީސް
ރައީސް އޮމަދޫގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އިހުތިސާސްގައި އޮންނަ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރެވޭނެ- ރައީސް

އިހުތިސާސްގައި ރަށް ބާއްވައިގެން ރިސޯރޓެއް ތަރައްޤީ ނުކުރެވޭނެ

19 days ago - 13:10
Sep 25, 2025 - 13:11
Advertisement
Advertisement

ރަށްރަށުގެ އިހުތިސާސްގައި ހިމަނައިދެމުންދާ ރަށް ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮމަދޫގައި ވާހަކަދައްކަވަމުން ރައީސް އެކަމަށް އިޝާރާތްކުރެއްވީ އޮމަދޫގެ އިޚްތިޞާސްގައި ހިމެނޭ ދެ ފަޅުރަށުގެ ވާހަކަ ހިއްސާކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިހުތިސާސްގައި ހިމެނޭ ރަށްތަކުގައި ގެސްޓްހައުސް އާއި ސިޓީ ހޮޓާ ތަރައްޤީ ކުރެވުނަސް ޤާނޫނު އޮތްގޮތުން ރިސޯރޓެއް ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. ރިސޯރޓެއް ތަރައްޤީކުރާނަމަ ޖެހެނީ ރަށް އިހުތިސާސުން އުނިކުރަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތ.އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެދެރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement