މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ދެބެން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެބެން

މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ދެބެން ހައްޔަރުކޮށްފި

7 months ago - 13:17
Sep 25, 2025 - 13:17
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ދެބެން ހައްޔަރުކޮށްފިއެވެ. މިފަހަރު ހައްޔަރުކުރީ ހޯރަފުށީ ދެބެންނެވެ.

މިމައްސަލާގައި ހައްޔަރުކުރީ ހޯރަފުށީ ޑީންސްވިލާ އަޙްމަދު ޝާމިލް (41އ) އާއި ހއ. އިބްރާހީމް މުޙައްމަދު (40އ)އެވެ. އެދެމީހުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ހޯރަފުށިންނެވެ.

ފުލުހުން ވިދާޅުވީ އެދެމީހުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށިޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރުކޮޅާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 3700 އަށްވުރެ ގިނަ ރުފިޔާ ފެނުނުކަމަށް ފުލުހުން ވިދާޅުވިއެވެ.

އެދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ހަތް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement