
ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެ
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.
ކަނޑަށް ވެއްޓި ހޯދަމުންދިޔަ އިންޑިޔާ މީހާގެ ހަށިގަނޑު ފެނުނީ ކ.ފޭދޫފިނޮޅުގެ ދެކުނުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ހަށިގަނޑު ހޯދީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެމީހާ ގެއްލުނީ އެބޯޓް ވިލިމާލެއާ ދިމާލު ބޭރުގައި އޮއްވައެވެ. އެމީހާ ގެއްލުނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
ރިއެކްޝަންސް






