މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު އާ މަޝްރޫއެއް ފެށޭނެ- މިނިސްޓަރ ހައިދަރު
ވަޒީރު ޑރ.އަލީ ހައިދަރު މަޖިލިހުގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު އާ މަޝްރޫއެއް ފެށޭނެ- މިނިސްޓަރ ހައިދަރު

މިހާރު ކުރަމުންދަނި ކުރީގެ މަޝްރޫތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް

1 month ago - 12:13
Aug 12, 2024 - 12:28
Advertisement

މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު އާ މަޝްރޫއެއް ފެށޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ގެދޮރުވެރިކަމަށް އެހާބޮޑު އިސްކަމެއް ދޭއިރު އާމަޝްރޫއެއް ފެށިއްޖެތޯ ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ ނުފެށޭ ކަމަށެވެ.

އެކަމަކު އެއީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ވަރަށްގިނަ މަޝްރޫއުތައް ފެށި, އެހެންނަމަވެސް ހުއްޓިފައި ހުރި ކަމަށެވެ.

Advertisement

އެހެންކަމުން މިސަރުކާރަށް ފުރަތަމަ ޖެހެނީ އެކަންކަން ހައްލުކޮށް ގޮތެއް ހޯދައިދޭން ކަމަށް ވިދާޅުވިއެވެ.

މިހާރު ކުރަމުންދަނީ އެމަސައްކަތް ކަމަށް ވިދާޅުވިއެވެ.

 

"އެހެންވިމަ ތިޔަބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ އަޅުގަނޑުމެން އާ މަޝްރޫއެއް އެހެން ތަނެއްގައި ފެށިގެން ކުރިއަށްގެންދާތަން. އެހެންނަމަވެސް އަޅުގަނޑު ޔަގީންކަން ދެން މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ ވަރަށްބޮޑު އާ މަޝްރޫއެއް ފެށިގެންދާނެ."

 

މިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ ބިން މިސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް ނުހިއްކާ އޮތް ތަންތަނުންވެސް ގޯތި ދޫކޮށްފައިވާތީ ގޯތިތައް ދޫކޮށް ނިމޭނެ ދުވަހެއް ދަންނަވަން ނޭންގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓް ހަވަލުކުރާނީ މިސަރުކާރުން އަލުން ބަލާ ހައްގުވެރިން ކަށަވަރުކުރުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement