މިދިޔަ ސަރުކާރުން ގޯތި ދޫކުރީ ކަނޑުންނާއި ފަޅުން, ގޯއްޗަށް ބަދަލުކުރަން ޖެހެނީ މިސަރުކާރަށް- ހައިދަރު
މިނިސްޓަރ ހައިދަރު މަޖިލިހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުން ގޯތި ދޫކުރީ ކަނޑުންނާއި ފަޅުން, ގޯއްޗަށް ބަދަލުކުރަން ޖެހެނީ މިސަރުކާރަށް- ހައިދަރު

ހުޅުމާލެ ދެވަނަ ފޭސްގެ ގޯތިތައް ހަވާލުކުރާނެ

1 month ago - 11:57
Aug 12, 2024 - 12:31
Advertisement

 

މިދިޔަ ސަރުކާރުން ގޯތި ދޫކުރީ ކަނޑުންނާއި, ފަޅުން ކަމަށާއި އެތަންތަން ގޯއްޗަށް ބަދަލުކުރަން ޖެހެނީ މިސަރުކާރަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހައިދަރު ވިދާޅުވީ ކަނޑުންނާއި ފަޅުން ދޫކުރި ތަންތަނަށް ގޯއްޗޭ ނުކިޔޭނެ ކަމަށެވެ.

މިސަރުކާރުން އެތަންތަން ގޯއްޗަށް ބަދަލުކޮށް ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ހުޅުމާލެ ދޭކުން ދޫކުރި ގޯތިތައް އޮކްޓޯބަރުގެ ނިޔަލަށް ދޫކުރި ނަމަވެސް ގުޅިފަޅުން ދޫކުރި ގޯތިތައް ހަވާލުކުރެވޭނެ ދުވަހެއް ނޭންގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހުޅުމާލެ ދޭކުން ދޫކުރީ 1407 ގޯއްޗެވެ. އޭގެތެރެއިން 623 ބިން ވަނީ ހަވާލުކޮށްފައެވެ.

ގުޅިފަޅުން ދޫކުރި ގޯތިތައް ހަވާލުކުރަން އޮތް އެންމެބޮޑު އެއް ހުރަހަކީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކަމަށް ހައިދަރު ވިދާޅުވިއެވެ.

އެމަސައްކަތުގެ ސައިޓަކަށް އެސަރަހައްދު ވެފައިވާތީ އެތަނުން ގޯތިތައް ދޫކުރެވޭނީ އެތަން ހުސްކޮށްގެން ކަމަށް ވިދާޅުވިއެވެ.

އެސައިޓް ހުސްކުރެވޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރާ ހަވާލާ ދެއްވާ ހައިދަރު ވިދާޅުވިއެވެ.

މިއަދުވެސް ހައިދަރު ވަނީ ކުރީ ސަރުކާރުން ގޯތި ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް ފާޑު ވިދާޅުވެފައެވެ.

ހައިދަރު ވިދާޅުވީ ގުޅިފަޅުން ގޯތިތައް ދޫކޮށްފައި ހުރީ ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ.

އެކަން ބަދަލުކުރުމަށް ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކާ މަޝްވަރާކޮށް ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނެސް ފާސްކުރުމާ ހަމައަށް އާދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅީފަޅުގެ ބައެއް ގޮތިތައް ގިރާވަރު ފަޅަށް ބަދަލުކުރަން ޖެހޭތީ އެމަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ގޯތިތައް ދޫކޮށްފައި ހުރީ ކަނޑުންނާއި ފަޅުންކަން ތަކުރާރުކުރައްވާ ވިދާޅުވީ ގޯތިތައް ދޫކުރެވޭނީ ހިއްކާ ނިމިގެން ކަމަށެވެ.

އެހެންވީމާ ދޫކުރެވޭނެ ސީދާ ތާރީޚެއް ދަންނަވަން ނޭންގޭ ކަމަށް ވިދާޅުވިއެވެ.

މިވާހަކަށް ރައްދުދެއްދާ އެމްޑީޕީގެ ޕީޖީ ލީޑަރު މިއަދު ވިދާޅުވީ އެއްވެސް ގޯއްޗެއް ކަނޑުން ދޫނުކުރާކަމަށާއި ދޫކުރީ ތިލަ ފަޅުން ކަމަށެވެ.

އަދި ދޫކުރިއިރު އެތަންތަން ދިޔައީ ހިއްކަމުން ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement