
ތިން އަހަރުވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަމުންދާ މައްސަލައެއް ބަލަންފަށައި
ނ.ރ.ބ.ޅ އަތޮޅުތަކުގެ ތެރެއިން ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކަށް ތިން އަހަރުވަންދެން ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިތުބާރު ކުރެވޭ ފަދަ މަޤާމެއްގައި ތިބި ދެ މީހަކު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހުކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށްވާތީ ކުއްޖާގެ ރަށާއި އިތުރު މަޢުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
ރިއެކްޝަންސް






