 
                                އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި
އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކުރީ ގދ.ވާދޫ, ލިލީގެ މުޙައްމަދު ސަބާހު އާއި ނ.މިލަދޫ ސޯސަންގެ މުޙައްމަދު ނައުޝާދު އެވެ.
ފުލުހުން ބުނީ އެދެމީހުން ހައްޔަރުކުރީ މާވެޔޮ މަގު ކަންމަތީގައި ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. އެމީހުން ހައްޔަރުކުރިއިރު ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ. 
ކޯޓުން ވަނީ އެދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
