މާވަށުގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
މައްސަލައިގައި ދައުވާ ރައްދުވާ މުޙައްމަދު އިބްރާހީމް

މާވަށުގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

7 months ago - 12:47
Sep 25, 2025 - 12:47
Advertisement
Advertisement

ލ.މާވަށު ނަލަހިޔާ, މޫސާ އިބްރާހީމް މަރާލި މައްސަލައިގެ ތުހުމަތުކުރެވޭ މީހާއަށް ދައުވާކުރަން ފޮނުވައިފިއެވެ. އެމައްސަލާގައި ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ. ޕީޖީން ވަނީ އެމައްސަލަ ބަލައިވެސް ގަންފައެވެ.

މިމައްސަލާގައި ދައުވާކުރަންނ ފޮނުވީ މިދިޔަ އަންގާރަ ދުވަހުއެވެ. މޫސާ އިބްރާހީމް މަރާލީ ތޫނު އެއްޗަކުން ހަމަލާދީއެވެ. ތުހުމަތުކުރެވޭ މުޙައްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެއެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement