ހޯދަމުން ދިޔަ އިޓަލީގެ 4 ފަތުރުުވެރިން ހޮހޮޅައިން ފެނިއްޖެ
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ، އެކަމަށް ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި، އެމީހުން ޑައިވް ކުރަން ފޭބި ކޭވް ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް





