ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

2 hours ago - 10:33
Advertisement
Advertisement

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.


ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓު އެ ކުންފުނިން ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 23:10 އެހައިކަންހާއިރުއެވެ.


މި ކޮންޓެއިނަރުތައް މިހާރު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ނުރައްކާތެރި ހާދިސާއެއް ހިނގިޔަނުދިނުމަށް ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.


ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ބެލެވޭއިރު، ރޭގަނޑުގެ ވަގުތު ކަމަށްވުމުން ކަނޑުމަތީގެ ސަލާމަތަށް އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement