42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅަން ހަވާލުކޮށްފި

13 hours ago - 11:24
Advertisement
Advertisement

ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ގާއިމުކުރުމަށާއި އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުންނާއި ލިޓަސް ކޮންސްޓްރަކްޝަންގެ އިސްވެރިން ވަނީ ސޮއިކުރައްވައިފައެވެ.

މި މަޝްރޫއުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތް ކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ މެޝިނަރީޒާއި އިކުއިޕްމަންޓް ފޯރުކޮށްދޭނެއެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދައިދިނުމާއި، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުމެވެ.

މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement