އަމަލީ މަސައްކަތް ނިމުނީ 1000 ފްލެޓް, ޖުލައި މަހު މީހުން ވައްދަން ފެށޭނެ- މިނިސްޓަރ
މިނިސްޓަރ ޢަބްދުالله މުއްޠަލިބު: ފޮޓޯ-ރައީސް އޮފީސް

އަމަލީ މަސައްކަތް ނިމުނީ 1000 ފްލެޓް, ޖުލައި މަހު މީހުން ވައްދަން ފެށޭނެ- މިނިސްޓަރ

ސެޕްޓެމްބަރުގެ ނިޔަލަށް މީހުން ވެއްދޭނެ

4 days ago - 17:05
May 29, 2025 - 17:06
Advertisement
Advertisement

މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 4000 ފްލެޓްގެ ތެރެއިން އަމަލީ މަސައްކަތް ނިމުނީ 1000 ފްލެޓް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. ފްލެޓް މަޝްރޫޢާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެފްލެޓްތަކަށް ކަރަންޓާއި ފެން ގުޅުންފަދަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޖުލައިމަސް ފެށެންވާއިރަށް އެ 1000 ފްލެޓަށް ޚިދުމަތްތައް ދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގްރިމަންޓް ހެދުމުގެ މަސައްކަތް ކުރައްވާނީ ނިމިފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކަށް އިސްކަން ދީގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު އެއްހާސް ފްލެޓް ނިންމާ އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަތަރުހާސް ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާ, މިދެންނެވި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމުން" މިނިސްޓަރ ވިދާޅުވިއެވެ.

ހަތަރު ހާސް ފްލެޓް ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓް ގޯސްކަމަށް ނިންމާ, މިސަރުކާރުން ވަނީ އެފްލެޓްތައް ލިބޭ އާ ލިސްޓެއް އެކުލަވާލާފައެވެ. އެއީ މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ވެރިފައި ކުރުމަށް ގެންދިޔަ މަރުހަލާއަކަށްފަހު އެކުލަވާލި ލިސްޓެކެވެ. އެލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުޞަތު ބަންދުވެ, މިހާރު ކުރަމުންދަނީ ޝަކުވާތައް ބެލުމުގެ މަސައްކަތެވެ.

Advertisement
Advertisement

4000 މީހުންގެ ތެރެއިން ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement