"މީޑިއާ ފެންޑާ"ރައީސުލްޖުމްހޫރިއްޔާ  ރަސްމީކޮށް ހުޅުވައިދެއްވައިފި
ރައިސުލްޖުމުހޫރިއްޔާ މީޑިއާ ފެންޑާ ރަސްމީކޮށް ހުޅުވައިދެއްވުން / ފޮޓޯ: ރައީސް އޮފީސް

"މީޑިއާ ފެންޑާ"ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުވައިދެއްވައިފި

3 days ago - 16:08
May 29, 2025 - 16:10
Advertisement
Advertisement

"މީޑިއާ ފެންޑާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް މިއަދު މެންދުރުފަހު ހުޅުއްވައިދެއްވައިފިއެވެ.

މި ތަނަކީ ރައީސް އޮފީހުގެ ދެކުނުފަރާތު ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި މީޑިއާ ފެންޑާގެ މަޤްޞަދަކީ ރައީސް އޮފީހާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ. މި ތަން ބަލަހައްޓާނީ ރައީސް އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކަށްކަމަށާއި، އަދި އެ މީޑިއާތަކަށްވެސް މި ތަން ބޭނުންކުރެވޭނީ ރައީސް އޮފީހުން ދޭ ޚާއްޞަ ހުއްދައަކާ އެކުގައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ތަނަކަށް ވާތީ، ސަލާމަތީ ބާރުތަކުން ކަނޑައަޅާ އުސޫލުތައް އެ ސަރަހައްދަށްވެސް ހިނގާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ސަރުކާރުވެރިކަމަށް އައުމަށްފަހު ސަރުކާރުން ދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ނޫސްވެރިން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement