މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް މިލަންދޫން ތިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި މިލަންދޫން ހައްޔަރުކުރި ތިން މީހުން: ފޮޓޯ-ދިވެހި ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް މިލަންދޫން ތިން މީހަކު ހައްޔަރުކޮށްފި

10 months ago - 14:12
May 29, 2025 - 14:13
Advertisement
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ށ. މިލަންދޫން ތިން މީހަކު ހައްޔަރުކޮށްފިއެވެ. 

 މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އެވެ. ވިޔަފާރި ކުރުމުގެ އިތުރުން  މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުވެސް އެ ތިން މީހުންގެ މައްޗަށް ކުރެއެވެ. އެތިން މީހުން ހައްޔަރުކުރީ އަންގާރަ ދުވަހު  މިލަންދޫ ޕޮލިސްް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ވިދާޅުވީ އެތިން މީހުން ހައްޔަރުކޮށް, މިލަންދޫ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ފުލުހުން ވިދާޅުވީ މައްލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement