
ކާރެއްގައި ރޯކޮށްލި ދެމީހަކު ހައްޔަރުކޮށްފި
ކާރެއްގައި ރޯކޮށްލި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. އެމައްސަލައިގައި ހައްޔަރުކުރީ މ.އަރާރަތްކުރި ޚާލިދު މުހުމޫދު އާއި އދ.މާމިގިލި, ބްލޫވިންޑް ޙަސަން ނަސީމް އެވެ.
ފުލުހުން ބުނީ އެދެމީހުން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 18:25 ހާއިރު އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އެމީހުންނަށް ތުހުމަތު ކުރަނީ ބުރުޒުމަގު, ސިނަމާލެ 01 ޕާކިންގ ޒޯންގައި ޕާރކް ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލުމުގެ ތުހުމަތެވެ.
މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޝަންސް






