ފްލެޓް ލިބުނު މީހުންނާއެކު މިދިޔަ ސަރުކާރުން ހެދި އެއްބަސްވުން އުސޫލާ ހިލާފް- މިނިސްޓަރ
މިނިސްޓަރ ޢަބްދުالله މުއްޠަލިބު: ފޮޓޯ-ރައީސް އޮފީސް

ފްލެޓް ލިބުނު މީހުންނާއެކު މިދިޔަ ސަރުކާރުން ހެދި އެއްބަސްވުން އުސޫލާ ހިލާފް- މިނިސްޓަރ

6 days ago - 17:17
May 29, 2025 - 17:18
Advertisement
Advertisement

ފްލެޓް ލިބުނު މީހުންނާއެކު މިދިޔަ ސަރުކާރުން ހެދި އެއްބަސްވުން އުސޫލާ ހިލާފް ކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު މިނިސްޓަރ ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ފްލެޓްތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިއަދު ރައީސް އޮފީހުގައި ވަޒީރު ވިދާޅުވީ އެއްބަސްވުން ހަދާފައިވަނީ އުޞޫލާ އެއްގޮތަށްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ މީގެކުރިން ސަރުކާރަކުން ހަދާފައިވާ ބާވަތުގެ އެއްބަސްވުމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އެއީ އެއް ސަފްހާގެ އެއްބަސްވުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދައުރު ނިމެން އެއް ދުވަހަށް ވުމުން އެސަރުކާރުން ކޮށްފައިވާ ކަމަކީ ވަކިބަޔަކަށް މަންފާއެއް ހޯދައިދިނުން ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ކޮށްފައިވާ އެކަމަކީ އުސޫލުގެ ތެރެއިން ކުރެވިފައިވާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 15 ނޮވެމްބަރުގައި އެސަރުކާރުން ލިސްޓް ހަމަ ނެރުމާއެކު ފްލެޓް ދިނުމުގެ ކަންކަން ހުއްޓާލަން އޭސީސީން އަމުރެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ހުއްޓާނުލާ ބިން ދިނުމާއި, ފްލެޓް އެއްބަސްވުން ހެދުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ވަކި ބޭނުމެއްގައި ކުރި ކަމެއް ކަމަށެވެ.

"ވެރިކަން ބަދަލުވާން އެންމެ ދެދުވަހަށްވެފަ އޮއްވާ އަވަސްއަރުވާލައިގެން ކުރަންޖެހޭ ވަރުގެ ކަމެއް ކަމަކަށްވެސް, ގޯހެއް ނެތްކަމުގައިވާނަމަ, ނޫނީ ވަކިބަޔަކަށް ވަކި މަންފާއެއް ދޭން ނޫންކަމުގައިވާނަމަ" މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Advertisement

ފްލެޓް ލިސްޓް އަލުން ބަލާއިރު ދޮގު މައުލޫމާތު ދީފައިވާ ފަރާތްތަކާއި, ބިމާއި ފްލެޓް މިހާރުވެސް އޮތް ފަރާތްތަކާއި, 15 އަހަރު ނުވާ ފަރާތްތަކާއި, ދެމަފަރިންނަށް ލިބިފައިވާނަމަ އޭގެތެރެއިން އެއް ފަރާތް ލިސްޓުން އުނިކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ގެޒެޓްކުރި ލިސްޓްގައިވާ އެއްވެސް ފަރާތަކަށް ލިބިފައިވާކަމަށް ކަނޑައަޅާފައިވާ ފްލެޓެއް އެހެން ފަރާތަކަށް ދޭނީ ހުރިހާ މަރުހަލާއެއް ނިމި, އެޕީލް ކުރުމުގެ ފުރުޞަތުވެސް ދިނުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement