
އެޗްޑީސީ އާއި އެމްއޭސީއެލްއަށް އައު ޗެއަރޕާސަނުން އައްޔަނުކޮށްފި
ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމަށް އަޙްމަދު ޝަހީރު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަނުކޮށްފިއެވެ.
އަޙްމަދު ޝަހީރަކީ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަންކަމާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެސްޓީއޯގައި 29 އަހަރު ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އައިޝާ ނޫރައިން ޖަނާހަކީ އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަންއެވެ. އޭނާއަކީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއެވެ. މި މަޤާމުގައި ކުރިން ހުންނެވި މުހައްމަދު އުމަރު މަނިކު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވާފައެވެ.
ރިއެކްޝަންސް






