ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ބިދޭސިއަކު ހައްޔަރު ކޮށްފި

ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ބިދޭސިއަކު ހައްޔަރު ކޮށްފި

22 days ago - 14:51
Aug 25, 2024 - 15:22
Advertisement

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނައަދަދެއްގެ އެމެރިކާ ޑޮލަރުތަކަކާއެކު ބިދޭސިއަކު ހައްޔަރު ކޮށްފިއެވެ. 

ވެލާނާ އެއާޕޯޓުން މިއަދު ހައްޔަރު ކޮށްފައިވަނީ 81030 އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ ހިފައިގެން ބަންލަދޭޝްގެ ޑާކާއަށް ފުރަން ދިޔަ މީހެއް ކަމަށް އޭވިއޭޝަން ސެކއުރިޓީ ކޮމާންޑުން މައުލޫމާތު ދެއްވާ. 

ޔޫއެސް ބަންގްލާ އިން ބަންގަލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރަންދިޔަ ބަންގަލަދޭޝް އަށް ނިސްބަތްވާ މި މީހާ މި ޑޮލަރުތައް ފޮރުވައިގެން ގެންގުޅެފައިވަނީ އޭނާގެ ލަގެޖުގައި ކަމަށާއި އެ ފައިސާތައް ހޯދީ އޭވިއޭޝަން ސެކިއުރިޓީކޮމާންޑްގެ  ސްކްރީނިން ޓީމުން ކަމަށް ވެސް އޭވިއޭޝަން ސެކިއުރިޓީކޮމާންޑުން މައުލޫމާތު ދެއްވިއެވެ. 

ރާއްޖެއިން ފުރައިގެންދާ ފަރާތްތަކުން ދިހަހާސް ޑޮލަރަށްވުރެ ގިނައިން އެއްފަހަރާ ފައިސާ އަތުން ގެންދިއުމަކީ މަނާކަމެކެވެ. 

Advertisement

އަދި އެއަށްވުރެ.ގިނައިން ފައިސާ ގެންދާނަމަ ކަމާ ގުޅުންހުރި އިދާރާތަކުން އެކަމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement