ހާލަތު ސާފް ބަހުން ރައްޔިތުންނަށް ބުނެދޭން ޖެހޭ- ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ހާލަތު ސާފް ބަހުން ރައްޔިތުންނަށް ބުނެދޭން ޖެހޭ- ނަޝީދު

ބޭންކްގެ ނިންމުން މިއަދު ބަދަލުކުރާނެ ކަމަށް މައުލޫމާތު ލިބޭ

22 days ago - 14:58
Advertisement

ރައްޖޭގެ އިގްތިޞާދީ ހާލަތު ސާފް ބަހުން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހެދުމާ ގުޅިގެން ރައްޔިތުންގެ ނުރުހުން އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ނަޝީދު ވިދާޅުވީ މާލީ ހާލަތު މިހިސާބަށް ދިޔަ ގޮތް ރައްޔިތުންނަށް ސާފް ބަހުން ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި ދެން ވެދާނެ ކަމަށް ލަފާކުރެވޭ ގޮތާއި, ހާލަތުން އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްވެސް ސާފް ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭކަމަށް މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށްބޮޑު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭންކްގެ ނިންމުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ނިންމަވާފައެވެ. އެކަން މިއަދު އިއުލާނު ކުރައްވާނެ ކަމަަށް މައުލޫމާތު ލިބެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement