ގަވާއިދާ ހިލާފަށް ވިޔަފާރު ކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަށް ހުއްޓުމެއް ނެތް!
އިމިގްރޭޝަނުން ބިދޭސީންތަކެއް އަތުލައިގެން ގެންދަނީ

ގަވާއިދާ ހިލާފަށް ވިޔަފާރު ކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަށް ހުއްޓުމެއް ނެތް!

ހަ މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ

25 days ago - 15:45
Advertisement

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ދިރިއުޅެމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަނެއްކާވެސް ހަ މީހަކު އަތުލައިގެންފިއެވެ.

މިމިގްރޭޝަނުން ބުނީ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 5 ފިރިހެނަކާއި, އަންހެނެއް ކަމަށެވެ. ހުޅުމާލެއާއި މާލެއިން އެމީހުން އމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ  ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެބް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން  މާލެއިން 03 ތަނެއް އަދި ހުޅުމާލެއިން 01 ތަން ބަލާ ފާސްކުރި ކަމަށް ބުންޏެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ވިޔަފާރި ކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ފެށި އޮޕަރޭޝަން ވަނީ ވަރަށްބޮޑަށް ފުޅާކޮށްފައެވެ. އެކި ފަންތީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދާ ޑީޕޯޓްވެސް ދަނީ ކުރަމުންނެވެ. ޑީޕޯޓް ކުރަނީ ފިންގަރ ޕްރިންޓް ނެގުމަށްފަހު އެވެ. އެހެންކަމުން އެފަދަ މީހަކަށް ދެން ރާއްޖެ އެތެރެ ނުވެވޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ދެއްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement