ބޭންކްގެ ނިންމުން އަނބުރާ ގެންދިޔައީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ސަރުކާރުން އެދިގެން
ނިންމުން އަނބުރާ ގެންދެވީ ސަރުކާރުން އަންގައިގެން
ބޭންކްގެ ނިންމުން އަނބުރާ ގެންދިޔައީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ސަރުކާރުން އެދިގެންކަން ކަށަވަރުވެއްޖެއެވެ.
މިއަދު ހެނދުނު 10:30 ގައި ބޭންކް އޮފް މޯލްޑިވްސްއިން ޢާއްމުކޮށް އިއުލާނުކުރީ ރުފިޔާ އެކައުންޓުން މިއަދުން ފެށިހެން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމެވެ. އިއްޔެ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން ނިންމި އެނިންމެވުމާއެކު ވަރަށްގިނަ ރައްޔިތުންގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އޮއްސާލާ ސަރުކާރަށް ފާޑުކިއުން އަމާޒުވިއެވެ. އޭގެތެރޭގައި ސަރކާރަށް ތާއީދުކުރާ, ސަރުކާރުގެ ވަޒީފާތަކުގައި ތިބި ފަރާތްތައްވެސް ހިމެނެއެވެ. އެކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބޭންކްގެ އެނިންމެވުން އަނބުރާ ގެންދެވޭނެ މަގަށް މަސައްކަތް ކުރައްވާ, އެމްއެމްއޭ މެދުވެރިކޮށް އެނިންމުން އަނބުރާ ގެންދަވާފައެވެ. ބޭންކް އޮފް މޯލްޑިވްސް އިން 4:18 ގައި ބުނީ " 25 އޮގަސްޓް 2024 ގައި އިއުލާނުކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓަރ, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފައި" ކަމަށެވެ.
އެނިންމުންތައް އަނބުރާ ގެންދެވީ ބޭންކްގެ އެންމެ އިސްވެރިޔާވެސް ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކޮށް މަޝްވަރާތަކެއް ކުރުމަށްފަހުއެވެ. ބޭންކްގެ ނިންމެވުން އަނބުރާ ގެންދެވުމުގެ ކުރިން ޕީއެންސީގެ ޕީޖީ ގްރޫޕްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެނިންމެވުންތަެއް އަނބުރާ ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހުރިހާ ރައްޔިތުންނަށް އަސަރުކުރާނެ އެނިންމެވުން އަނބުރާ ގެންދެވީ ސީދާ ސަރުކާރުން, ރައީސުލްޖުމްހޫރިއްޔާ އެމަގަށް މަސައްކަތްކޮށްގެންކަމަށް ކަށަވަރުކުރެވިފައި ވެއެވެ.
ރިއެކްޝަންސް