ގައުމީ ދުވަހާ ގުޅިގެން ޖެހިގެން އަންނަ ބުރާސްފަތި ބަންދު

ގައުމީ ދުވަހާ ގުޅިގެން ޖެހިގެން އަންނަ ބުރާސްފަތި ބަންދު

ގައުމީ ދުވަސް ވަނީ ސެޕްޓެމްބަރު 4 އަށް

22 days ago - 18:46
Advertisement

މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން, ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވާ ބުދަ ދުވަހާއެވެ. އެދުވަހަކީ ބަންދު ދުވަހެކެވެ. މިއަދޫ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދު ދުވަހެއް ކަމުގައެވެ. އެއާއެކު ވިދިވިދިގެން 4 ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބޭނެ އެވެ. މިއަހަރު ޖުލައި 26 ދިމާވީ ހަފްތާ ބަންދާއެވެ. އެހެންކަމުން އެދުވަހާ ގުޅިގެން ބަންދު އިތުރު ދުވަހެއް ނުލިބެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމަވާފައިވަނީ އެދުވަހުގެ ހެނދުނު އެވެ. ހެނދުނު ރަސްމީ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ. އެޖަލްސާގައި ގައުމީ އިނާމާއި, ޝަރަފްވެރިކަމުގެ އިނާމް ދެއްވާނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement