ރޯދަމަސް ސްކޫލްތައް ބަންދުކުރިޔަސް, ޓީޗަރުންނަށް ޑިސެމްބަރު ޗުއްޓީ ލިބޭނެ- މިނިސްޓަރ
އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު

ރޯދަމަސް ސްކޫލްތައް ބަންދުކުރިޔަސް, ޓީޗަރުންނަށް ޑިސެމްބަރު ޗުއްޓީ ލިބޭނެ- މިނިސްޓަރ

3 days ago - 18:52
Mar 28, 2025 - 18:53
Advertisement
Advertisement

ރޯދަމަސް ސްކޫލްތައް ބަންދުކުރިޔަސް, ޓީޗަރުންނަށް ޑިސެމްބަރު ބޮޑު ޗުއްޓީ ލިބޭނެ ކަމަށް އެޑިއުކޭޝަން  މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ކޮންމެ ރޯދަމަހެއް އެއްކޮށް ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ, އެކަން ކުރެވޭނެ ގޮތެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓަރަށް ދެންނެވުމުން ޓީޗަރުން ކަންބޮޑުވުން ފާޅުކުރަމުން ދާތީއެވެ.

ރައްޔިތުންގެ ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާނުކުރެއްވުމާ ގުޅިގެން ޓީޗަރުން ގެންދަނީ ރޯދަމަސް ނޫން ދުވަސްތަކެއްގައި ޗުއްޓީ ނުލިބޭ ގޮތަށް ސްކޫލްތައް ބަންދުކުރުމާ ދެކޮޅުކަން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ވަޒީރު އިސްމާއީލް ޝަފީއު ފޭސްބުލްގައި ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް  ނުކުންނަވާނެ ކަމަށެވެ. މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތައް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުންް ކަމަށް ވިދާޅުވިއެވެ.

"  މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރ މަހުން ފެށިގެންނެވެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވިސްނުންފުޅަކީ ރޯދަމަހުގެ ދުވަސްތަކުގައި ޢާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވުން ކަމަށެވެ. އަދި މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް އެދުވަސްތަކުގައި ގެންދެވިދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

އެފަދަ ބަދަލެއެއް ގެންނަން ވިސްނަވާ ސަބަބުތައްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ދަރިވަރުން ސްކޫލަށް އައުމުގައި ފަރުވާ ކުޑަވާ މިންވަރު އިތުރުވުމާއި ޓީޗަރުންނާއި އިދާރީ މުވައްޒަފުންގެ ސަލާމް ގިނަވުންވެސް ހިމެނެއެވެ

ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުން ކަމަށެވެ.

ރޯދަމަސް ބަންދުކުރުމަކީ ކުރެވޭނެ ކަމެއްތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 އެފަދަ ބަދަލެއް ގެނައި ނަމަވެސް ބައިނަލްއަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިނގަމުން މިދާ ރަމަޟާން މަހުގެ ފަހު ދިހަޔަކާއި ހަ ރޯދައިގެ ދުވަސްތައްވެސް ބަންދެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement